ޔޫތު އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

2025-2026 އަށް ހުޅުވާލާ އެވޯޑުގައި 22 ދާއިރާއަކުން އިނާމް ދޭނެ

ޔޫތު އެވޯޑު ދިނުމުގެ ހަފްލާޢެއްގެ ތެރެއިން-- ފޮޓޯ:

ޒުވާނުންގެ ދުވަހާ ގުޅިގެން ސަރުކާރުން ދޭ ޔޫތު އެވޯޑަސް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގައުމުގެ ތަރައްގީ އަށް ޒުވާނުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރުމާއި އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މި އަހަރާއި މިދިޔަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ޔޫތު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ފާހަގަ ކުރާ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ދޭ އެ އިނާމު މި އަހަރު ތަފާތު 22 ދާއިރާއަކުން ދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއީ؛ 

  • ވިޔަފަރި އާއި އިގްތިސާދު
  • ކްރިއޭޓިވް އިކޮނޮމީ ދާއިރާ
  • އާޓްސް އެންޑް ކަލްޗާ
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
  • ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން
  • ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ތިމާވެށި ދާއިރާ
  • މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން
  • ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމަށް މަސައްކަތްކުރުން
  • ދިވެހި ބަސް ކުރިއަރުވައި އާލާކުރުން
  • ދިރާސާ ކުރުން އަދި އާ އުފެއްދުންތައް
  • ޓޫރިޒަމް ދާއިރާ
  • ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ
  • ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން
  • އިސްލާމްދީން
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުން
  • ވޮލެންޓިއަރިޒަމް
  • މަސްވެރިކަން
  • ހަށިހެޔޮ ސިއްހަތެއް ބިނާކުރުން
  • ދަނޑުވެރިކަން
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

އެވޯޑަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ ނިޔަލަށް އަންނަ މަހު 31 ގެ ކުރިން އިނާމަށް ހުށަހެޅުމަށް އެދޭ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.