އިންޑިއާގެ ދަރަނި 10,6 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ޖުމްލަ ބޭރުގެ ދަރަނީގެ %28.77 އެވެ. ދެވަނަ އަށް އެންމެ ބޮޑު ދަރަންޏެއް އޮތް ޗައިނާ އަށް ދައްކަންޖެހޭ އަދަދު ހުރީ 7,1 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖެއަށް ދަރަނިދޭ 12 ވަރަށް ފަރާތް ދަރަނީގެ ރިޕޯޓުން ފާހަގަ އެވެ. މިއީ އެކި ޒަމާންތަކުގައި ދަރަނި ދޫކޮށްފައިވާ ރާއްޖޭގެ ތަރައްގީގެ ބައިވެރިންނެވެ. މި ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ދަރަނި އެންމެ ބޮޑު އަދަދެއް އޮތް ކަމަށް ދައްކަނީ ޗައިނާ އާއި އިންޑިއާ އެވެ. މިއީ ދައުލަތުގެ ބޭރުގެ ދަރަނީގެ %48.13 ހިއްސާކުރާ ދެ ގައުމެވެ. މި ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖޭގައި އޮތް ޗައިނާގެ ދަަރަނި ދަށްވަމުން ދިޔަނަމަވެސް އިންޑިއާގެ ދަރަނި ދަނީ އުފުލެމުންނެވެ.
ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން ސަރުކާރުގެ ސީދާ ބޭރުގެ ދަރަނީގެ ގޮތުގައި މިހާރު 37,1 ބިލިއަން ރުފިޔާ ހުރި ކަމަށް ދައް އެވެ. މީގެ ތެރެއިން %48.13 ނުވަތަ 17,8 ބިލިއަން ރުފިޔާ ހިއްސާކުރަނީ އިންޑިއާ އަދި ޗައިނާގެ އެގްޒިމް ބޭންކުންނެވެ. މިއީ ޖުމްލަ ބޭރުގެ ދަރަނީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހި ސަރުކާރުން އެންމެ ބޮޑަށް ދަރަނިވެރިވެފައިވަނީ އެކްސްޕޯޓް-އިންޕޯޓް ބޭންކް އޮފް އިންޑިއާއަށެވެ. އެ ބޭންކަށް ދައްކަންޖެހޭ ދަރަނި 10,6 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ޖުމްލަ ބޭރުގެ ދަރަނީގެ %28.77 އެވެ. ދެވަނަ އަށް އެންމެ ބޮޑު ދަރަންޏެއް އޮތް އެކްސްޕޯޓް-އިންޕޯޓް ބޭންކް އޮފް ޗައިނާ އަށް ދައްކަންޖެހޭ އަދަދު ހުރީ 7,1 ބިލިއަން ރުފިޔާ ( ނުވަަތަ %19.36) ގަ އެވެ.
މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކަށް އޮތް ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 6,2 ބިލިއަން ރުފިޔާގައި ހުރި ދަރަނި، މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ވަނީ 10.69 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ނަމަވެސް، މި މުއްދަތުގައި ޗައިނާގެ އެގްޒިމް ބޭންކަށް އޮތް ދަރަނި ވަނީ 8,15 ބިލިއަން ރުފިޔާއިން 7,192.8 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
މި އަހަރުގެ ނިމިދިޔަ ތިންވަނަ ކުއާޓަރުގެ ދަަރަނީގެ ރިޕޯޓް ދައްކާ ގޮތުން މީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 7,7 ބިލިއަން ރުފިޔާއާއެކު އެންމެ ބޮޑެތި ކްރެޑިޓަރުންގެ ލިސްޓުގެ ތިންވަނައިގައި އޮތް ބޭރުގެ ބޮންޑްހޯލްޑަރުންގެ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ސަރުކާރުގެ ސީދާ ބޭރުގެ ދަރަނި ޖުމްލަ 37.15 ބިލިއަން ރުފިޔާގަ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަަރަނި ދަނީ ދަށްވަމުންނެވެ. ގޮތުން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދައުލަތުގެ ބޭރުގެ ދަރަނި ހުރީ 63.07 ބިލިއަން ރުފިޔާގައެވެ. ނަމަވެސް ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނިން ވަނީ 7.43 ބިލިއަން ރުފިޔާ މަދުވެފައެވެ.މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) ބޭރުގެ ދަރަނި ހުރީ %45.4 ގަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މި އަދަދު ހުރީ %52.8 ގަ އެވެ. އަދި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޭރުގެ ދަރަނި ޖީޑީޕީގެ %57.5 ހުރުމަށްފަހު، މިހާރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ.