އެމްއެމްއޭ ފިންލިޓް ފެސްޓް ހަރަކާތްތައް ރަށްރަށަށް | މި ފަހަރު ހ.އ އަތޮޅުގައި

އެމްއެމްއޭ ފިންލިޓް ފެސްޓް 2026ގެ ދަށުން، ތިލަދުންމައްޗަށް ކުރާ މި ދަތުރުގައި އެ އަތޮޅުގެ 6 ރަށަކަށް އެމްއެމްއޭގެ ޓީމުތަކުން ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް ލިޓްރަސީ ފެސްޓިވަލްގެ ހަރަކާތްތައް މިމަހު ހއ. އަތޮޅުގައި ބާއްވާނެ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް 2026ގެ ދަށުން، ތިލަދުންމައްޗަށް ކުރާ މި ދަތުރުގައި އެ އަތޮޅުގެ 6 ރަށަކަށް އެމްއެމްއޭގެ ޓީމުތަކުން ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫއެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް 2026 ހއ ދަތުރު އޮންނާނީ މި މަހު 20-22 އަށެވެ.

ފިންލިޓް ފެސްޓްގެ ހއ ދަތުރުގައި މި ރަށްރަށުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ އެކިއެކި ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެ ގޮތުން ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅޭ ގޮތުން ވެސް މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. އަދި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެމްއެމްއޭއިން ކުރިއަށް ގެންދާ "މެކްރޯ އިކޮނޮމިކްސް އަވެއާނެސް ސެޝަންތައް" ވެސް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، މާލީ ހޭލުންތެރިކަމާ ގުޅުންހުރި އިތުރު ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ވެސް ދިއްދޫ އާއި ވަށަފަރުގައި ކުރިއަށްދާނެކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ. މި ހަވީރުގައި ހއގެ ރަށްރަށުގައި ހިމެނޭ އެކިއެކި އިދާރާތަކުން ވެސް ބައިވެރިވާނެއެވެ. އެގޮތުން، ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ހިމެނެއެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފައިސާގެ ތާރީޚާ ގުޅޭ ސްޓޯލެއް ވެސް ބަހައްޓާނެއެވެ. މިއީ މި އަހަރު އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ވެސް ގިނަ ބަޔަކު ވަރަށް ޝައުގުވެރިވި ސްޓޯލެއްކަން ފާހަގަކުރެވެއެވެ.


ހއ އަތޮޅުގެ ރަށްތަކުގައި އެމްއެމްއޭއިން ފިންލިޓް ފެސްޓް ކުރިއަށްގެންދަނީ އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ.


އެމްއެމްއޭ ފިންލިޓް ފެސްޓް އަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އެކިއެކި މުބާރާތްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބާއްވާފައިވެއެވެ. އަދި މި އަހަރު ވެސް ވަނީ ފިންލިޓް ފެސްޓް ބަހުސް މުބާރާތާއި ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.