ސުޕްރީމް ކޯޓަށް އައްޔަންކުރަން ސަމީރުގެ ނަން މަޖިލީހަށް

ސުޕްރީމް ކޯޓުން މަގާމެއް ހުސް ވަނީ އަންނަ މަހު 1 ގައި ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމާފައިވާތީ އެވެ.

ފަނޑިޔާރު ސަމީރު: ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް އޭނާ އައްޔަން ކުރަން ލަފާ ދިނުމަށް ނިންމާފައި--

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުން މަގާމެއް ހުސް ވަނީ އަންނަ މަހު 1 ގައި ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމާފައިވާތީ އެވެ.
އެކަމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލި ފުރުސަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓަށް ސަމީރު އައްޔަން ކުރަން ރައީސަށް ލަފާ އަރުވުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ ސަމީރުގެ ނަން ރައީސް ފޮނުވާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ވެސް ވަނީ ފޮނުވައިފަ އެވެ.

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވި އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.