ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 156.6 ބިލިއަނަށް

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު ދަރަންޏަށް ވަނީ 3.91 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ --

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 156.6 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

ފިނޭންސުން އާއްމުކުރި ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ޑެޓް ހުރި މި އަދަދަކީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ދަރަނި ހުރި މިންވަރު ކަމަށްވާ 152.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.91 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދަރަނި ހުރި މިންވަރު ކަމަށްވާ 150.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 6.35 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ %127.8 އެވެ. ދެވަނަ ކުއާޓަރުގައި މި އަދަދު ހުރީ %124.6 ގައެވެ. މިއަހަރުގެ ޖީޑީޕީ އަންދާޒާކޮށްފައިވަނީ 122,6 މިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ މައިގަނޑުބައިތައް

  • ދައުލަތުގެ ސީދާ ދަރަނި - ޖުމްލަ ދަރަނީގެ %87.4 ހިއްސާކުރާ ސަރުކާރުގެ ސީދާ ދަރަނި ހުރީ 137.03 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ %111.8
  • ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި - ޖުމްލަ ދަރަނީގެ %12.6 ހިއްސާކުރާ ގެރެންޓީ ދަރަނި ހުރީ 19.67 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ %16.0

ޖުމްލަ ދަރަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން އެތެރޭގެ ދަރަނި ވަނީ ދެވަނަ ކުއާޓަރުގައި ހުރި 97.35 ބިލިއަން ރުފިޔާއިން 101.05 ބިލިއަން ރުފިޔާއަށް (ޖީޑީޕީގެ %82.4 އަށް ) އިތުރުވެފައެވެ.
ހަމައެއާއެކު، ބޭރުގެ ދަރަނި ހުރީ 55.65 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ %45.4 ގަ އެވެ. ވޭތުވެދިޔަ އަހަރުގެ ފަހުކޮޅާ އަޅާބަލާއިރު ބޭރުގެ ދަރަނީގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ބޭރުގެ ދަރަނި ހުރީ 63.07 ބިލިއަން ރުފިޔާގައެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.