ރައްޔިތުންގެ ޝަކުވާ ހުށަހަޅަން "ސިޓިޒަންސް ވޮއިސް" ޕޯޓަލް އިފްތިތާހުކޮށްފި

މިވަގުތު މި ހިދުމަތް ވެބް ޕޯޓަލް މެދުވެރިކޮށް ފެއްޓި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަ މޯބައިލް ފޯނު އެޕްލިކޭޝަނެއްވެސް ތައާރަފުކުރުމަށް ހަމަޖެހިފައިވޭ

ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އަޑުއެހުން މަހުރޫމްވެފައިވާ ދެމަފިރިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ --

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމުކުރި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން، "ސިޓިޒަންސް ވޮއިސް"ގެ ނަމުގައި ހާއްސަ އޮންލައިން ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް ތައާރަފުކުރެވުނު ހިދުމަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން، މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވާނެކަން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ، މިވަގުތު މި ހިދުމަތް ވެބް ޕޯޓަލް މެދުވެރިކޮށް ފެއްޓި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަ މޯބައިލް ފޯނު އެޕްލިކޭޝަނެއްވެސް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޮންލައިން ޕޯޓަލްގެ އިތުރުން، ފޯނު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް، ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް މިހާރުވެސް ލިބެމުންދާނެ އެވެ. 

މި ހިދުމަތުގެ ސަބަބުން ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.