މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށް ދާނީ އަންނަ އަހަރުގެ މާރިޗު 10 ވަނަ ދުވަހު ނިޔަލަށެވެ. މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެންވެސް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދެއެވެ.
އެސްޓީއޯ އިން ބުނީ 1448 ވަނަ އަހަރުގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު 2027" މިހާރު ވަނީ ފަށައިފިއެވެ. މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ.
މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށް ދާނީ އަންނަ އަހަރުގެ މާރިޗު 10 ވަނަ ދުވަހު ނިޔަލަށެވެ. މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި ކޮންމެ 2 ހަފްތާއަކު، 500ރ އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 2 ފަރާތަކަށް 2500ރ ގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. މީގެއިތުރުން، 5000ރ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ ގެ ފައިސާގެ އިނާމެއްވަނީ ކަނޑައެޅިފައެވެ. ޕްރޮމޯޝާން ނިމުމާއި އެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 1 ފަރާތަކަށް މި 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
އެސްޓިއޯ ރަމަޒާން ބާޒާރާއި އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާއްމުންނަށް ހުޅުވާލެވިފައެވެ. ކޮފީ ބީންސް އެންޑް ޓީލީވްސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ އެންމެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވުނު މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓެވެ. މީގެ އިރުރުން، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، މި ސަރަހައްދުވެސް އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ.
އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދެއެވެ. މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.