ހުޅުމާލޭގެ ޕާކިން ސްލޮޓްތަކާ ގުޅޭގޮތުން ދައްކާ ވާހަކަ ސާފުކޮށް ދީފި

ޕޮކެޓް ޕާކިން އިން ފީނަގަނީ ބަޔަކު ހިލޭ އަދި ބޭއިންސާފުން އެ ތަންތަން ހިސޯރުކޮށްގެން އުޅުން ނިމުމަކަށް ގެނައުމުގެ މަޤްސަދުގަ އެވެ.

ހުޅުމާލޭގެ ޕާކިން ސްލޮޓްތައް ދޫކުރުމާއި، "ޕޮކެޓް ޕާކިން" އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް މަޢުލޫމާތުތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ކާކުކަން ނޭނގޭ ސޯޝަލް މީޑިއާ އެކައުންޓަރުން ފަތުރަމުންދާ ވާހަކަތަކެއްގެ މައުލޫމާތު ސާފުކޮށްދޭން އަހުމަދު އިބްރާހިމް އެކްސްގައި ވިދާޅުވީ 2024 ވަނަ އަހަރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ 1,374 ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިއުލާނުރި އެވެ. އެ އިޢުލާނަށް ގިނަ ބަޔަކު ކުރިމަތިލާފައިވާއިރު، އެކަން އޭރުގެ ހުރިހާ މީޑިއާތަކުން ވެސް ވަނީ ވަރަށް ފުޅާދާއިރާއެއްގައި ކަވަރުކޮށްފަ އެވެ. 

" އެޕްލިކޭޝަންތައް ވެރިފައިކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކުގެ ލިސްޓުވެސް އާންމުކުރެވުނު. ނަމަވެސް، އޭރު އެ ސްލޮޓްތަކަށް އާންމުންގެ ފަރާތުން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން (ގާތްގަނޑަކަށް 800 އެޕްލިކޭޝަން ލިބުމުން)، ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް އެކަން ވެސް އާންމުކޮށް އިޢުލާނުކުރެވުނު،" އިއުލާނުތަކާއެކު އޭނާ ވިދާޅުވެފައިވެ އެވެ. 

އޭނާ ވިދާޅުވީ "ޕޮކެޓް ޕާކިން" އަކީ ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ޕާކިންގތަކަކަށް ބަދަލުކުރުން ނޫންކަމަށެވެ. 

"ޕޮކެޓް ޕާކިން އަކީ މަގުގެ މައި ދުއްވާ ލޭނާ ވަކިން، މަގުގެ އެއްފަރާތުގައި ޕާކުކުރުމަށް ޚާއްޞަކޮށްފައި ހުންނަ ޖާގައެއް، ހުޅުމާލޭގައި މީހުން އާބާދުވީއްސުރެ، ފާއިތުވި 20 އަށްވުރެ ގިނަ އަހަރު ދުވަހު ބައެއް ފަރާތްތަކުން މި ޖާގަތައް ބޭނުންކުރަމުން އައީ އެމީހުންގެ އަމިއްލަ މިލްކެއްގެ ގޮތުގަ. އެހެންކަމުން، އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެ ސްލޮޓްތަކުން މަހު ފީއެއް ނެގުމަށް ނިންމެވީ، ބަޔަކު ހިލޭ އަދި ބޭއިންސާފުން އެ ތަންތަން ހިސޯރުކޮށްގެން އުޅުން ނިމުމަކަށް ގެނައުމުގެ މަޤްސަދުގައި،" އަހުމަދު އިބްރާހިމް ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.