އެމްއެމްއޭ ރިސާޗް ކޮންފަރެންސް އަންނަ މަހު ބާއްވަނީ

މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތަކެވެ. މި ސެޝަންތައް ކުރިއަށް ދާނީ އެމްއެމްއޭގަ އެވެ.

އެމްއެމްއޭ ރިސާޗް ކޮންފަރެންސުގައި އޮތް ޕެނަލް ޑިސްކަޝަންއެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ އަންނަ މަހުގެ 5 އިން 7 އަށް ބާއްވަން ނިންމައިފިއެވެ.

މި އަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ އިގްތިސާދީ އަދި މާލީ ހަމަޖެހުން ގާއިމުކުރުމަށެވެ. މި ކޮންފަރެންސްގައި ދިރާސާކުރާ ފަރާތްތަކާއި، އިލްމީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަނެ، މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.

އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތަކެވެ. މި ސެޝަންތައް ކުރިއަށް ދާނީ އެމްއެމްއޭގަ އެވެ. އަދި ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

ކޮންފަރެންސުގެ މައިގަނޑު މައުޟޫއުތައް

  • މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުން
  • މާލީ ހަމަޖެހުން ދެމެހެއްޓުން
  • އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސް
  • އިގްތިސާދު ސިންދަފާތުކުރުން
  • މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ހޯދުން

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ދާރިސުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމުގެ އިތުރުން، ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އިލްމީ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.

އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން މި ކޮންފަރެންސް ބާއްވާ ތިންވަނަ އަހަރެވެ. މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތު އިން ލިބެން ހުންނާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.