މާލެ އާއި ތިލަފުއްޓާ ދެމެދު ކޮންޓެއިނާ އުފުލާ އަގުތައް އާއްމުކޮށްފި

އެމްޕީއެލްއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން ކޮންޓެއިނާ ތިލަފުއްޓަށް ގެންގޮސް ދޯނި ފަހަރަށް މުދާ ބަރުކުރާނެ އެވެ.

ބަނދަރުގެ މަަަސައްކަތް އެމްޕީއެލް އިން ކުރަނީ -- ރައީސް އޮފީސް

މާލެ ވިޔަފާރި ބަނދަރުން ކ. ތިލަފުށީގައި ތަރައްގީ ކުރަމުން ގެންދާ ތިލަފުށީ ޕޯޓަށް ކޮންޓެއިނަރު ގެންދާ އަގުތައް އެމްޕީއެލްއިން އާއްމުކޮށްފި އެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި އެމްޕީއެލްއިން އާއްމުކޮށްފައިވާ އަގުތަކުގައިވާ ގޮތުން 20 ފޫޓުގެ ކޮންޓެއިނާއެއް މާލެ ބަނދަރުން ތިލަފުއްޓަށް އުފުލައިދޭ އަގަކީ 1500ރ. އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއެއްނަމަ އުފުލާ އަގަކީ 3000ރ، އެވެ. މި އަގުތައް މިއަދުން ފެށިގެން އެމްޕީއެލްއިން ވަނީ ނަގަން ފަށާފަ އެވެ. 

އެމްޕީއެލްއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން  އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން ކޮންޓެއިނާ ތިލަފުއްޓަށް ގެންގޮސް ދޯނި ފަހަރަށް މުދާ ބަރުކުރާނެ އެވެ. އެއީ ކޮންޓެއިނާގައި ހުންނަ މުދާ ކަނޑައިގެން ދޯނިތަކަށް ރަށްރަށަށް ގެންދިއުމުގެ މަސައްކަތެވެ. އެމްޕީއެލް އިން ވަނީ މި މަސައްކަތް ކުރުމަށްޓަކައި ގިނަ ހިދުމަތްތަކެއް ފުރިހަމަކޮށްފަ އެވެ. 

ޕޯޓް ނިމޭއިރު ހުންނާނެ މައިގަނޑު ކެޕޭސިޓީ އަދި އުމްރާނީ ވަސީލަތްތައް

  • ބަނދަރު ހުޅުވާއިރު އަހަރަކު 390،000 ޓީއީޔޫ ގެ ކެޕޭސިޓީ
  • މަޝްރޫޢު އެއްކޮށް ނިމޭއިރު އަހަރަކު 1.28 މިލިއަން ޓީއީޔޫ
  • ހުޅުވާއިރު 375 މީޓަރުގެ އިންޓަނޭޝަނަލް ކޮންޓެއިނަ މަގަތުފާލަމެއް (ކޯޒްވޭއެއް) އޮންނާނެ
  • ކޮންޓެއިނަރ މަގަތުފާލަން 1.4 ކިލޯމީޓަރަށް ބޮޑުކުރެވޭނެ ޖާގަ
  • ކޮންޓެއިނަރު މަގަ ތުފާލަމުގެ ފުންމިނުގައި 14.6- މީޓަރު ހުންނާނެ
  • ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ޑޮމެސްޓިކް (އަތޮޅުތެރޭގެ ދަތުރުތަކަށް ޚާއްސަ) މަގަތުފާލަމެއް އޮންނާނެ
  • ހުޅުވާއިރު 2 ޝިޕް-ޓު-ޝޯ މަގަތުފާލަން ކްރޭން ހުންނާނެ
  • ހުޅުވާއިރު 4 ރަބަރު-ޓަޔަރު ގޭންޓްރީ ކްރޭން ހުންނާނެ
  • 1 މޯބައިލް ހާބަރ ކްރޭން
  • 2 ހާބަރ ޓަގު ބޯޓު
  • މަޝްރޫޢު އެއްކޮށް ނިމޭއިރު 6 އެސްޓީއެސް ކްރޭނާއި 20 އާރް.ޓީ.ޖީ
  • ގުދަންކުރުމަށް ގާތްގަނޑަކަށް 2.5 މިލިއަން އަކަފޫޓުގެ ޖާގައެއް
  • 420،000 އަކަފޫޓުގެ ހަތް ބުރީގެ ބޮންޑެޑް ވެއަރހައުސް (ގުދަން)
  • 290،000 އަކަފޫޓުގެ ފަސް ބުރީގެ ކޮންޓެއިނަރ ފްރެއިޓް ސްޓޭޝަން
  • ގާތްގަނޑަކަށް 1 މިލިއަން އަކަފޫޓުގެ ޕޯޓް ވެއަރހައުސިންގ ޒޯން

މި މަޝްރޫއު މިހާރު އިންތިޒާމުވެފައިވަނީ އެކި މަސައްކަތް އެކި ކުންފުނިތަކުން ކުރާ ގޮތަކަށެވެ. މައިގަނޑު މަސައްކަތުގެ މުގުލުގައި ޗައިނާގެ ކުންފުންޏެއް އޮތަސް މަސައްކަތަށް މިހާރު ގޮތް ކިޔަނީ ދިވެހި ދައުލަތުންނެވެ. މި ބަނދަރުގެ ފަސް ހެކްޓަރުން 60 ހެކްޓަރުގެ ތަނަވަސް ޒަމާނީ ބަނދަރަކަށް ބަދަލު ކުރުން ހަލުވިވެފައިވަނީ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލުމުންނެވެ. މި ބަނދަރުގެ އަމާޒަކީ ބޯޓު ފަހަރުގެ "ޓާންއެރައުންޑް" ނުވަތަ ޚިދުމަތްދީ ނިންމާ ވަގުތު މިހާރު ނަގާ 14-7 ދުވަސް ދެ ދުވަހަށްވުރެ ކުރު ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.