ބަޖެޓް - 27ގެ އަމާޒު | ލިބޭ އެއްޗަކުން ފުއްދުމާއި ދަރަނި ދަށް ކުރުމަށް

ފިނޭންސް އިން ބުނީ މީގެ އިތުރުން، ބޭރުގެ ފަރާތްތަކުން ދަރަނި ނަގާނީ އެ އިންވެސްޓްމަންޓަކުން ލިބޭ އާމްދަނީން ދަރަނި ދެއްކޭނެ ފަދަ އިގްތިސާދީ މަޝްރޫއުތަކަށް އެކަންޏެވެ.

ބަޖެޓް 2027

އަހަރުން އަހަރަށް ޑެފިސިޓް ކުޑަކޮށް، ގްރޮސް ފައިނޭންސިން ނީޑް  ޖީޑީޕީގެ 14.6 އިންސައްތައަށް ދަށްކުރުމާއެކު އިތުރު ދަރަނި ނެގުމުގެ ބަދަލުގައި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ލިބޭ ފައިސާ އާއި ދައުލަތުން ދޫކޮށްފައިވާ ލޯނު އަނބުރާ ދެއްކުމުން ލިބޭ ފައިސާއިން ބަޖެޓު ފައިނޭންސް ކުރުމަށް އަމާޒު ހިފައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓު އަމާޒުގެ މައިގަނޑު އެއް މި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ސީދާ ދަރަނި ދަށްވަމުންދާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ

ޖީޑީޕީ ދަރަނި ދައްކުމުގެ އަންދާޒާ

  •  2027 ވަނަ އަހަރު: ޖީޑީޕީގެ 117.0 ޕަސެންޓް
  •  2028 ވަނަ އަހަރު: ޖީޑީޕީގެ 116.3 ޕަސެންޓް
  •  2029 ވަނަ އަހަރު: ޖީޑީޕީގެ 107.9 ޕަސެންޓް

މަޝްރޫއުތަކާއި ބޭރުގެ ދަރަނި ކޮންޓްރޯލް ކުރުން

ފިނޭންސް އިން ބުނީ ބަޖެޓަޑް ފައިނޭންސިން ހަމަނުޖައްސައި ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން މަޝްރޫއުތައް ހިންގުމުން ލިބޭ ގެއްލުން ކުޑަކުރުމަށް، ޕީއެސްއައިޕީ ޚަރަދުގެ ތެރެއިން ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށްވުރެ މަތިނުވާނެހެން 69.3 ޕަސެންޓްގައި ހިފަހައްޓާނެ އެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭނެ ކަމަށްވެސް ބުނެފައިވެ އެވެ. 

ފިނޭންސް އިން ބުނީ މީގެ އިތުރުން، ބޭރުގެ ފަރާތްތަކުން ދަރަނި ނަގާނީ އެ އިންވެސްޓްމަންޓަކުން ލިބޭ އާމްދަނީން ދަރަނި ދެއްކޭނެ ފަދަ އިގްތިސާދީ މަޝްރޫއުތަކަށް އެކަންޏެވެ. އެގޮތުން ބޭރުގެ ދަރަނީގެ އިންޓަރެސްޓް ހަރަދު އާމްދަނީގެ 5 ޕަސެންޓަށްވުރެ ދަށުގައި އަންނަ އަހަރު 2.5 ޕަސެންޓްގައި ހިފެހެއްޓުމަށް ވެސް ވަނީ އަމާޒު ހިފާފަ އެވެ.

2028 ގެ ފިސްކަލް އަމާޒުތައް

  •  އޯވަރޯލް ޑެފިސިޓް - ޖީޑީޕީގެ 5 ޕަސެންޓަށްވުރެ ދަށުގައި (-4.5 ޕަސެންޓަށް ދަށްވާނެ ކަމަށް އަންދާޒާކުރެވޭ)
  •  ޕީއެސްއައިޕީ ހަރަދު - ޖީޑީޕީގެ 7 ޕަސެންޓަށްވުރެ މަތިނުވާނެހެން ހިފެހެއްޓުން (6.0 ޕަސެންޓަށް ދަށްވާނެ ކަމަށް އަންދާޒާކުރެވޭ)
  •  އިންޓަރެސްޓް ހަރަދު - ހިލޭ އެހީ ނުހިމަނައި ލިބޭ އާމްދަނީގެ 12 ޕަސެންޓް ދަށުގައި ހިފެހެއްޓުން (10.7 ޕަސެންޓަށްވުރެ ދަށްވާނެ ކަމަށް އަންދާޒާކުރެވޭ)
  •  ގެރެންޓީ ދީފައިވާ ދަރަނި - ބީއެމްއެލްގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ނިންމާފައިވުމާއެކު، 2028 ގެ ނިޔަލަށް ގެރެންޓީ ދަރަނި ޖީޑީޕީގެ 15 ޕަސެންޓް (6.2 ޕަސެންޓަށް ކުޑަކުރުން)
27 ބަޖެޓް - އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން، މި ހިނގާ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ނިމޭއިރު އެ އަދަދު 907.2 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.