ހުޅުމާލެ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތުކުރަނީ

އެޗްޑީސީން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހަދައި މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ މި މަސައްކަތަށްޓަކައި، އެ ސަރަހައްދު މި މަހުގެ 15 އިން 18 އަށް ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

މި މަހުގެ 15 އިން 18 އަށް ހުޅުމާލޭ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ވިޔަފާރިވެރިންނާއި އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހަދައި މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ މި މަސައްކަތަށްޓަކައި، އެ ސަރަހައްދު މި މަހުގެ 15 އިން 18 އަށް ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

މި މަސައްކަތްތައް ކުރިއަށްދާއިރު ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ރޯލަރުގެ ވައިބްރޭޝަން އިހުސާސްވުމުގެ އިތުރުން ހިރަފުސް އެރުން އެކަށީގެންވާ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

"ވީމާ، ފާހަގަކުރެވިފައިވާ ސަރަޙައްދުގައި ވިޔަފާރިކުރައްވާ ފަރާތްތަކުންނާއި އެ ސަރަޙައްދު ބޭނުންކުރައްވާ ފަރާތްތަކުން މިކަންކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް މި ކޯޕަރޭޝަނުން އިލްތިމާސްކުރަމެވެ،" އެޗްޑީސީން ނެރުނު އިއުލާނުގައިވެއެވެ.

މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އަދި ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މުހިންމު މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.