ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް، ރައީސް އެކުލަވާލައްވައިފި

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިފަދަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން އިއުލާން ކުރައްވާފަ އެވެ.

"ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް". --ފޮޓޯ: ރައީސް އޮފީސް

ގައުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވާނެ ހާއްސަ މަޖިލީހެއްގެ ގޮތުގައި "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކުލަވާލައްވައިފި އެވެ.

މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސް މުއިއްޒު އެވެ. މިއީ ގައުމަށް ދިމާވާ އެކިއެކި މުހިންމު މައްސަލަތަކާއި ނިންމުންތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ފަންނީ އަދި ތަޖުރިބާކާރު ލަފާ ހޯއްދެވުމުގެ މަގްސަދުގައި އުފެއްދެވި މަޖިލީހެއް ކަމަށް ރައީސް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިފަދަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން އިއުލާން ކުރައްވާފަ އެވެ.

މިއަދު އެކުލަވާލެއްވި މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 12 ބޭފުޅުންނަކީ:

  • 1.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން (މއ. އާނުވެލި)
  • 2.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް (މ. ސިލްވަރކްލައުޑް)
  • 3.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން (މއ. އުރަހަ)
  • 4.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު (މ. ލޮނުވެލި)
  • 5.ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް (ހ. ރާޅާހާ)
  • 6.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފު (މއ. ކިނބި)
  • 7.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ)
  • 8.ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ (މ. މަޚްމާވިލާ)
  • 9.ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް (ހ. ހިކިފިނިފެންމާގެ)
  • 10.ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު (މއ. ވިލުވެލި)
  • 11.ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު (އަލިމަސްގެ، ހއ. އުތީމު)
  • 12.ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު (މއ. ކަށިމާ)

މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީވެސް ދައުލަތަށް ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައި، މަތީ ދަރަޖައިގެ ޝަރަފާއި އިއްޒަތް އަރުވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.