ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ބިންދައިގެން ގޮސް އަރިއަޅާލައިފި

ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ވަގުތުން ރައްކާތެރިކަމާއެކު ބާލާފައިވާ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ.

ޓީއެމްއޭގެ ބޯޓު މިއަދު އަރިއަޅާލާފައި. --ފޮޓޯ: ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ބޭސްގައި މިއަދު މެންދުރުފަހު ހިނގި ހާދިސާއެއްގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއްގެ ކަނދު ބިންދައިގެން ގޮސް އަރިއަޅާލައިފި އެވެ.

ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 14:25 ހާއިރު ވީއައިއޭގެ ސީޕްލޭން ބޭސްގައި ކަމަށެވެ. 

އަދި ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ވަގުތުން ރައްކާތެރިކަމާއެކު ބާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ވީއައިއޭ ވޯޓާ އެރޮޑްރޯމްގައި ޓެކްސީ ކުރަމުން ދަނިކޮށް ޓީއެމްއޭގެ ބޯޓަކަށް މިފަދަ ހާދިސާއެއް ދިމާވިކަން ކަށަވަރުކޮށްދީފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓުގެ އެއްފަރާތު ކަނދު ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން ބޯޓުގެ އެތެރެއަށް ވަނީ ކޮންމެވެސް ވަރަކަށް ލޮނު ވަދެފަ އެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.