ހަ ރަށެއްގެ ފެނާއި ނަރުދަމާ ހިދުމަތް ފުޅާކުރަން ސްޓެލްކޯ އަށް

ސްޓެލްކޯ އާ ހަވާލު ކުރީ އުތުރުގެ ހަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފުޅާ ކުރުމަށެވެ.

އެންވާރަމަންޓް މިނިސްޓްރީ އާއި ސްޓެލްކޯ އިން އެއްބަސްވުންތަކުގައި ސޮއި ކުރަނީ--ފޮޓޯ: މިނިސްޓްރީ

ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާ ކުރުމަށް ސްޓެލްކޯ އާ ހަވާލު ކޮށްފި އެވެ.

އެންވާރަމަންޓް މިނިސްޓްރީން ސްޓެލްކޯ އާ ހަވާލު ކުރީ ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަން، ބ. މާޅޮސް، ރ. އިންނަމާދޫ އަދި ރ. ކިނޮޅޮހުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތެކެވެ.

އޭގެ ތެރެއިން މާޅޮސް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މާޅޮހުގެ މަސައްކަތް ނިންމަނީ 270 ދުވަސް ތެރޭގައި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.

މަޝްރޫއުތައް ހަވާލު ކުރި އަގު

  •  ހއ. މޮޅަދޫ - 29,079,358.85ރ.
  •  ހއ. އިހަވަންދޫ - 17,071,688.55ރ.
  •  ހއ. އުލިގަން - 22,231,694.80ރ.
  •  ބ. މާޅޮސް - 10,722,476.30ރ.
  •  ރ. އިންނަމާދޫ - 19,137,070.80ރ.
  •  ރ. ކިނޮޅަސް - 18,065,700.00ރ.

މި އެއްބަސްވުންތަކުގައި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑީއެމްޑީ އާއިޝަތު މުޒްނާ އާއި އަބްދުﷲ ނާތިރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.