ދޯނީގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ވަނީ ސަލާމަތް ކޮށްފަ

އެމްއެންޑީއެފް އިން ބުނީ ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި "ކީސާ" ނަމަކަށް ކިޔާ ދޯންޏެއް ރަސްމާލެ އިރުމަތީ ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 11:51 ގައި ލިބުނު ކަމަށާއި ކޯސްޓްގާޑަށް އެތަނަށް ދެވުނީ މެންދަމު 2:37 ގައި ކަމަށެވެ.
ސިފައިން އެ ދޯނު އޮތް ސަރަހައްދަށް ގޮސް އޭގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ސަލާމަތް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ބިދޭސީއެއްގެ ވަޔަށް އަނިޔާ ވެފައިވާތީ އޭނާ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.