ތެލެސީމިއާ ކެރިއާ ދެނެގަތުމަށް މީގެ ކުރިން ބޭނުން ކުރަމުން އައީ ޕްރިންޓް ކޮށްފައި ހުންނަ ފިޒިކަލް ކާޑެއް

ތެލެސީމިއާ ވާރުތަކުރާ ގޮތް ބެލުމަށް ކުރާ ތަހުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑެއް މޯލްޑިވްސް ބްލަޑް ސާވިސް އިން ތައާރަފް ކޮށްފި އެވެ.
އެމްބީއެސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި ތެލެސީމިއާ ކެރިއާއެއް ކަން ނުވަތަ ނޫން ކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބޭނެ ކަމަށެވެ.
އެ ކާޑުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ހާއްސަ ޔޫއާރް ކޯޑެއް ހިމަނާފައިވާ ކަމަށާއި އެ ކޯޑު މެދުވެރިކޮށް ތެލެސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަ ކަމާއެކު ލިބޭނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެމްބީއެސް އިން ބުނި ގޮތުގައި ޑިޖިޓަލް ކާޑު މިވަގުތު ލިބޭނީ އީމެއިލް އާއި ވަޓްސްއެޕް މެދުވެރިކޮށެވެ.