އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

ސަރުކާރުން އިއްޔެ އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީގައި ނުވަ ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމާއި ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތު -- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ އެކި ރަށްރަށުގައި 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ސަރުކާރުން އިއްޔެ އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީގައި ނުވަ ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމާއި ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

މި އެއްބަސްވުމުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މަގު ހެދަން ހަވާލުކުރި ރަށްތައް

  •  އދ. ހަންޏާމީދޫ
  •  ބ. ކަމަދޫ
  •  ކ. މާފުށި
  •  ނ. މާޅެންދޫ
  •  ރ. އަނގޮޅިތީމު
  •  ރ. ވާދޫ
  •  ށ. ކޮމަންޑޫ
  •  ތ. ވަންދޫ

ބަނދަރު ހަދަން ހަވާލުކުރި ރަށްތައް

  •  ކ. ތުލުސްދޫ
  •  ގއ. ކަނޑުހުޅުދޫ
  •  - ގއ. ނިލަންދޫ
  •  ތ. ކަނޑޫދޫ
  •  ތ. ވިލުފުށި
  •  ނ. ހޮޅުމީދޫ

މީގެ އިތުރުން، ހއ. ވައިކަރަދޫ އާއި ރ. ފައިނުގެ މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ތަރައްގީ ކުރުމަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުތައް ހިންގަން ހަވާލުކުރި އަގު ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.