ބީއެމްއެލްގެ ކާނިވާ 44 މިއަދު ހުޅުމާލޭގައި ފަށަަނީ

މި ފަހަރުގެ ކާނިވަލުގެ އެންމެ ޚާއްސަ އެއް ކަމަކީ "ސްވައިޕް ވޮލެޓް" މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެވެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "ކާނިވާ 44" ގެ ނަމުގައި ބާއްވާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކާނިވަލެއް މިއަދު ފަށާނެ އެވެ.

ބީއެމްއެލްއިން ބުނީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލަކީ އާއިލާތަކާއި ރައްޓެހިންނަށް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ ފަދަ ގޮތަކަށް، މުނިފޫހިފިލުވުމުގެ އެކި ކުޅިވަރުތަކާއި، ވިޔަފާރި ސްޓޯލްތަކުގެ އިތުރުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދީގެން އިންތިޒާމުކުރާ ހަރަކާތެކެވެ.

ކާނިވަލްގެ ހަރަކާތްތައް

މި ފަހަރުގެ ކާނިވަލުގެ އެންމެ ޚާއްސަ އެއް ކަމަކީ "ސްވައިޕް ވޮލެޓް" މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެވެ

ބީއެމްއެލް އިން ބުނީ މި ކާނިވަލުގެ ސްޓޯލްތަކުން ވިޔަފާރިކުރުމަށްފަހު ބީއެމްއެލްގެ ސްވައިޕް ބޭނުންކޮށްގެން ފައިސާ ދައްކާ ކޮންމެ މުއާމަލާތަކަށް ވެސް އަގުހުރި އިނާމުތަކުގެ ގުރުއަތުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގައި ފަސް މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލް ހިމެނެއެވެ.

ކާނިވަލުގެ ތެރޭގައި ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ މުނިފޫހިފިލުވުމުގެ ކުޅިވަރުތަކާއި، އެކި ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ވިއްކާ ގިނަ ސްޓޯލްތަކެއް ހުންނާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.