އޮސްޓޭލިއާ ޓޫރިޒަމްގެ ހަތަކަށް | ޖުމުލަ 42,872 އަށް

މިމަހުގެ ނުވަތަ ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 42,872 އަށް އަރާފަ އެވެ. މިއާއެކު މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިޒަމްގެ 11 ވަނާގައި އޮތް އޮސްޓްރޭލިއާ މިހާރު އޮތީ ހަތް ވަނާގަ އެވެ.

އޮސްޓްރޭލިއާއިން ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- މޯލްޑިވިއަން

ރާއްޖެއަށް އުންމީދީ މާކެޓެއްގެ ގޮތުގައި އޮތް އޮސްޓްރޭލިއާއިން އައި ޓޫރިސްޓުންގެ އަދަދު 42،00 އަށްވުރެ އިތުރު ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ނުވަތަ ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 42,872 އަށް އަރާފަ އެވެ. މިއާއެކު މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިޒަމްގެ 11 ވަނާގައި އޮތް އޮސްޓްރޭލިއާ މިހާރު އޮތީ ހަތް ވަނާގަ އެވެ. އަދި އެ ގައުމުން ޓޫރިޒަމްގެ ހިއްސާ ކުރާ މިންވަރު ވަނީ 2.4 ޕަސެންޓަށް އުފުލިފަ އެވެ. 

އޮސްޓްރޭލިއާ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުން ފަހުގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ބަދަހިވެ، ކުރިއަރަން ފަށާފައެވެ. މިގޮތުން އޮސްޓްރޭލިއާ މާކެޓަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް މުހިންމު، އަދި ބާރަށް ކުރިއަރަމުން އަންނަ "ލޯންގް-ހޯލް" މާކެޓެކެވެ. ދެ ގައުމުގެ ފަތުރުވެރިކަމުގެ ގުޅުމަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ 2026 ވަނަ އަހަރުގެ މެއި މަހު، ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެ އާއި އޮސްޓްރޭލިއާގެ މެލްބަން އާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވުމެވެ. މީގެ ސަބަބުން އޮސްޓްރޭލިއާ ފަތުރުވެރިންނަށް ރާއްޖެ އައުމަށް އިތުރު ލުއިފަސޭހަތަކެއް ލިބި، މާކެޓް އިތުރަށް ފުޅާވުމަށް ވަނީ މަގުފަހިވެފައެވެ.

އޮސްޓްރޭލިއާ މާކެޓް އިތުރަށް ކުރިއެރުވުމަށްޓަކައި ވިޒިޓް މޯލްޑިވްސް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 2026 ވަނަ އަހަރުގެ ޖުލައި މަހު "ވިޒިޓް މޯލްޑިވްސް ވީކް" ގެ ނަމުގައި އޮސްޓްރޭލިއާގެ 3 ސިޓީއެއްގައި ބޮޑު ރޯޑްޝޯއެއް ބާއްވާފައިވެއެވެ. މީގެ އިތުރުންވެސް އޮސްޓްރޭލިއާގައި ރާއްޖެ ތަމްސީލުކޮށް ޕްރޮމޯޓުކުރާނެ ފަރާތްތައް (ޕީ.އާރު އެޖެންސީތައް) ހޯދުމަށް އެމް.އެމް.ޕީ.އާރު.ސީ އިން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.