މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވަން ނިންމާފައިވަނީ އޭއީއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ވެރިޔާގެ އިތުރުން، އެ ތަކެތި ގަތުމަށް ފާސްކުރި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް މާކެޓް އަގަށްވުރެ ބޮޑު އަގުގައި ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއް ކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވަން ނިންމާފައިވަނީ އޭއީއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ވެރިޔާގެ އިތުރުން، އެ ތަކެތި ގަތުމަށް ފާސްކުރި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، ދައުވާކުރުމަށް ފޮނުވަން ނިންމި މުވައްޒަފުންނަކީ:
މި މައްސަލައަކީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ސާމާނު ހޯދުމަށް 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.
އެ އިއުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ބީލަން ހުށަހެޅީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެ ތަކެތި ގަނެފައިވާކަން އޭސީސީގެ ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.
އެހެންކަމުން، މި 4 މުވައްޒަފުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދައުލަތަށް ލިބުނު މާލީ ގެއްލުމުގެ އަދަދު ހިސާބުކޮށް، އެކަމުގައި ޝާމިލުވި މުވައްޒަފުންގެ އިދާރީ މައްސަލަ ބެލުމަށާއި، ގެއްލުނު ފައިސާ އެ ފަރާތްތަކުގެ އަތުން އަނބުރާ ދައުލަތަށް ހޯދުމަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމައިފަ އެވެ.