ފުލުހުން ބުނީ މި ހާދިސާގައި އުމުރުން 34 އަހަރުގެ ކެޕްޓަންގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެ އެވެ.
މިހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 3:00 ހާއިރު އެވެ. ހާދިސާ ހިނގިއިރު ލޯންޗު ތެރޭގައި ހުރީ ކެޕްޓަން އެކަންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި އުމުރުން 34 އަހަރުގެ ކެޕްޓަންގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
އަލިފާނުގެ ސަބަބުން ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ