ފަހިޕޭ އާއި ފަވަރަށް ގުޅާލައިފި

"ފަވަރަ" އަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޓްރާންސްފާ ކުރުމަށާއި، ރިކުއެސްޓް ފޮނުވައިގެން ފައިސާ ހޯދުމަށް މަގުފަހިކޮށްދޭ ޒަމާނީ ނިޒާމެކެވެ.

ރާއްޖޭގެ ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ" އާއި ގިނަ ހިދުމަތްތަކެއް ޖިޑިޓަލްކޮށް ދެމުން ގެންާ 'ފަހި ޕޭ' ގުޅާލައިފި އެވެ.

ފަހި ޕޭގެ ޑިޖިޓަލް ވޮލެޓް ފަވަރަ ޚިދުމަތާ ގުޅުވާލުމުގެ އެއްބަސްވުމުގައި އެމްއެމްއޭއާއެކު މިހާރު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން، ފަހި ޕޭއިން ފަވަރަ މެދުވެރިކޮށް ޚިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ނިންމައި، އާންމުންނަށް ޚިދުމަތް ދޫކޮށްލުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

"ފަވަރަ" އަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޓްރާންސްފާ ކުރުމަށާއި، ރިކުއެސްޓް ފޮނުވައިގެން ފައިސާ ހޯދުމަށް މަގުފަހިކޮށްދޭ ޒަމާނީ ނިޒާމެކެވެ. ރާއްޖޭގެ ބޭންކުތަކުގެ އިތުރުން، ބޭންކް ނޫން ފުރަތަމަ ފަރާތެއްގެ ގޮތުގައި މި ނިޒާމާ މީގެ ކުރިން ގުޅިފައިވަނީ ދިރާގުންނެވެ.

ފަވަރަ ނިޒާމު ފުޅާކުރުމަށް އެމްއެމްއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ 'ޔޫޕީއައި' އާ ފަވަރަ ގުޅާލައިގެން މިހާރު ޚިދުމަތް ދޭން ފަށާފައިވާއިރު، ކުރިއަށް އޮތް ދެވަނަ މަރުހަލާގައި ކިއުއާރު ކޯޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، ފަވަރަ އަދި ޕޭމަންޓް މޯލްޑިވްސްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އާންމުންނަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޚާއްސަ ހޮޓްލައިނެއްވެސް އެމްއެމްއޭއިން ދާދި ފަހުން ވަނީ ތައާރަފްކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.