ވަކި ހާލަތެއް ބެލުމެއް ނެތި، އިސްރާއިލް މީހުންނަށް އެތެރެ ނުވެވޭ ގޮތް ހަދައިފި

ކުރިން ގާނޫނު ބައްޓަންކޮށްފައި އޮތީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެ ހާލަތު ދެމިއޮތްހާ ހިނދަކު އެތެރެނުވެވޭ ގޮތަށެވެ. ނަމަވެސް މިކަން ބަދަލުކޮށް މުތުލަގަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ރައީސް ޑރ، މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

އެއްވެސް އިސްތިސްނާއެއް ނެތި އަދި ވަކި ހާލަތަކަށް ބެލުމެއްނެތި، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހުށަހެޅި ބިލް ފާސްކޮށް ޑރ، މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މީގެ ކުރިން ގާނޫނު ބައްޓަންކޮށްފައި އޮތީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެ ހާލަތު ދެމިއޮތްހާ ހިނދަކު އެތެރެނުވެވޭ ގޮތަށް ކަމަށެވެ.

ނަމަވެސް އަލަށް ގެނައި މި އިސްލާހުން އެ ހާލަތަށް ރިއާޔަތްކުރުން އެއްކޮށް އުވާލައި، މުތުލަގަށް އެއްވެސް ޝަރުތަކާ ނުލައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މުޅިން ބަންދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މިއީ ވަކި ވަގުތީ ކަމަކާ ގުޅުވައިގެން ނިންމި ނިންމުމެއް ނޫން ކަމަށާއި ގާނޫނުގައި މިހާރު ވަރަށް ސާފުކޮށް އަދި ސާބިތުކަމާއެކު އެ ގައުމުގެ ޕާސްޕޯޓު މަނާކޮށްފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބިލު ތަސްދީގު ކުރެއްވުމުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.