ސީޓު އެއާ މެދުވެރިކޮށް މިދިޔަ މަހު 88 ޓަނަށްވުރެ ގިނަ މުދާ ބޭރުކޮށްފި

އެމްޕީއެލްއިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން "ސީ ޓު އެއާ ކާގޯ ސްޓެޓިސްޓިކްސް" އަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 17 ޓީއީޔޫއެސްގެ މުދާ ވަނީ ފޮނުވާފަ އެވެ.

ސީ ޓު އެއާ ކާގޯ ވިޔަފާރީގައި ޔޫރަޕަށް ބޭރުކުރަން ވީއައިއޭގައި ހުރި މުދާ އެމިރޭޓްސްއަށް އަރުވަނީ -- އެމްއޭސީއެލް

މިދިޔަ މަހު، ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް މެދުވެރިކޮށް 88.08 ޓަނުގެ މުދާ ބޭރުކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ. 

އެމްޕީއެލްއިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން "ސީ ޓު އެއާ ކާގޯ ސްޓެޓިސްޓިކްސް" އަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 17 ޓީއީޔޫއެސްގެ މުދާ ވަނީ ފޮނުވާފަ އެވެ. މި މުދާތައް އެކި މަންޒިލްތަކަށް އުފުލުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެފައިވަނީ ތިން އެއާލައިނަކުންނެވެ. އެއީ ޤަތަރު އެއާވޭސް އާއި ސްވިސް އެއާލައިންސް އަދި ޓާކިޝް އެއާލައިންސް އެވެ.

ސީޓު އެއާ ކާގޯ ބޭރުކުރި ގައުމުތައް

  • އިޓަލީ
  • ސްވިޑެން
  • ތުރުކީ
  • އެމެރިކާ
  • ޕޮލެންޑް

ސީޓު އެއާ ހިދުމަތަކީ 2024 ވަނަ އަހަރު އެމްޕީއެލްއިން ރަސްމީކޮށް ފެށި ވިޔަފާރި އެކެވެ. މީގެ ކުރީގައިވެސް މި ވިޔަފާރި އަމިއްލަ ފަރާތްތަކުން ކުރިނަމަވެސް ރަސްމީކޮށް ކޮންޓެއިނާ ގެނެސް ބޭރު ކުރުމުގެ ހިދުމަތް ރަސްމީކޮށް ފެށި މިއީ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.