އެޗްޑީސީއަށް ޝަރަފެއް | މި އަހަރުގެ ރިވެލި އެވޯޑް އެ ކުންފުންޏަށް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހެއްކަކީ އެ ކުންފުނީގައި މިހާތަނަށް 46 މުވައްޒަފުން މަސައްކަތް ކުރަމުން ދިއުމެވެ.

އެޗްޑީސީއަށް ލިބުނު އެވޯޑާ އެމްޑީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ހަވާލު ވަނީ -- ވަގުތު ފޮޓޯއެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުފައި، އިގްތިސޯދީ ގޮތުން ހިދުމަތްތެރި ބަޔަކަށް ހަދާ ފަރާތްތަކަށް ދޭ "ރިވެލިއެވޯޑް" ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެ އެވެ، 

ބާސެލާސް ނަސަންދުރަ ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ އެ ކުންފުނީގެ ފަރާތުން ހަވާލުވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. އަދި މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރީއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. 

އެޗްޑީސީއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި އެފަރާތްތަކުގެ ހުނަރު ތަރައްގީކުރުމުގެ ތަމްރީނުތައް ފަހިކޮށްދޭ ސަރުކާރުގެ އެއް ކުންފުންޏެވެ. އަދި އެ ކުންފުނިން މިފަދަ ފަރާތްތަކަށް ހަމަހަމަކަމާއި އޯގާތެރިކަމާއެކު އެންމެނަށް ޝާމިލުވެވޭނެ އެކަށޭނެ ވަޒީފާގެ މާހައުލެއް ވަނީ ގާއިމްކޮށް ދީފަ އެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހެއްކަކީ އެ ކުންފުނީގައި މިހާތަނަށް 46 މުވައްޒަފުން މަސައްކަތް ކުރަމުން ދިއުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.