ސޯޝަލް މީޑިއާގައި ކުއްޖަކަށް ބުލީކުރާ މައްސަލައެއް ބަލަނީ

ހާއްސަކޮށް ފޭކް އައިޑީއެއް ހަދައިގެން ޓިކްޓޮކްގައި ކުއްޖާއަށް ދަނީ ބުލީ ކުރަމުންނެވެ. އެ އެކައުންޓުގައި، ކުއްޖާގެ ސިފައަށް މަލާމާތްކޮށް ވަރަށް ހަޑިހުތުރު ބަހުން ޕޯސްޓްތައް ކޮށްފައި ހުރެ އެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ސްކޫލް ދަރިވަރަކަށް ސޯޝަލް މީޑިއާގައި ބުލީ ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ކުއްޖާގެ ފޮޓޯ ވެސް ބޭނުންކޮށްގެން ބުލީ ކުރާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ހާއްސަކޮށް ފޭކް އައިޑީއެއް ހަދައިގެން ޓިކްޓޮކްގައި ކުއްޖާއަށް ދަނީ ބުލީ ކުރަމުންނެވެ. އެ އެކައުންޓުގައި، ކުއްޖާގެ ސިފައަށް މަލާމާތްކޮށް ވަރަށް ހަޑިހުތުރު ބަހުން ޕޯސްޓްތައް ކޮށްފައި ހުރެ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަން ކުރަނީ އެކުއްޖާއާއެކު ކިޔަވާ އެހެން ސްކޫލް ދަރިވަރުންތަކެއް ކަމަށް އަޑުފެތުރިފައި ވަނިކޮށް، އެކަން ކުރަނީ ސްކޫލުގައި އުޅޭ ކުއްޖެއް ނޫން ކަމަށް އެ ސްކޫލް ޕްރިންސިޕަލް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.