އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތް | ފައިނަލަށް އަހްމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތަކީ މިދިޔަ އަހަރު އެ އޮތޯރިޓީން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް" ގެ ތެރެއިން ގެންދެވޭ މި ފަދަ ދެވަނަ މުބާރާތެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތް ހަތަރު ޓީމާއެކު އިއްޔެ ވަނީ ފަށާފަ އެވެ. 

އެމްއެމްއޭ އިން ބުނީ މުޅި އެކު ހަ ބުރު ހިމެނޭހެން ކުރިއަށް ގެންދިޔަ މި މިބުރާތުގައި ހަތަރު ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ސީއެޗްއެސްއީ ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން ބައިވެރިވި ޓީމްތަކެވެ. މި މުބާރާތުގެ ފައިނަލަށް ހޮވިފައިވަނީ އަހްމަދިއްޔާ އާއި ސީއެޗްއެސްއީގެ ޓީމެވެ.

ބަހުސްގެ ދާއިރާ - އިގްތިސާދީ އެކިއެކި މައުޟޫތަކާއި ސޯޝިއޯއިކޮނޮމިކް ނުވަތަ އިޖްތިމާއީ އިގްތިސާދީ މައުޟޫތަކަށް އިއްޔެގެ ބަހުސްގައި ބައިވެރިން ވަނީ ވާހަކަ ދައްކައިފައެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތަކީ މިދިޔަ އަހަރު އެ އޮތޯރިޓީން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް" ގެ ތެރެއިން ގެންދެވޭ މި ފަދަ ދެވަނަ މުބާރާތެވެ. 

މި މުބާރާތުގެ މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަދެއްކުމުގެ ހުނަރު ތަރައްގީ ކުރުމެވެ. 

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގައި ފައިނަލް އޮންނާނީ އަންގާރަ ދުވަހުއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.