ހުޅުމާލެ ހޮޓާ ހުޅުވުމުގައި މިހާރު އެޗްޑީސީ މެނޭޖުމަންޓުގެ ދައުރު ބޮޑު ؛ ފިރާގު

ފިރާގު ވިދާޅުވީ މި މަޝްރޫޢު ހާސިލުކުރުމަށް ފިޔަވަޅު އަޅައި މިކަން ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިން އެޗުޑީސީ ގެ މިހާރުގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރަންޖެހެއެވެ.

އިނަ މޯލްޑިވްސް މުހައްމަދު ފިރާގު -- ރަސް

ހުޅުމާލޭގައި ނުހެދި ހުންނަތާ 10 އަހަރުވީ "އެސްޓީއޯ ހޮޓާ" ހުޅުވުމުގައި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މިހާރުގެ މެނޭޖުމަންޓުގެ ދައުރު ބޮޑު ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން ޓޫރިޒަމް ވިޔަފާރިއަށް ނުކުންނަން ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފެށި މި ހޮޓާ އަލުން މެންހަޓަން ބްރޭންޑުގައި ހުޅުވުމާ ގުޅިގެން، ޓްރެވަލް އެންޑް ޓޫރިޒަމް ސިނާއަތުގައި މަަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއް ކަމަށްވާ ފިރާގު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ކުރީގެ އެޗްޑީސީ ގެ މެނޭޖްމަންޓު ތަކުން އެސްޓީއޯ އިން މިތަން ދޫކޮށް ލުމުން މި ހޮޓެލް މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ހަޤީޤީ އެދުމެއް އޮތްނަމަ، މި މަޝްރޫޢު މީގެ އަހަރުތަކެއް ކުރިންވެސް ހާސިލު ކުރެވޭނެ އެވެ.

"އެކަމަކު، ފަރުދީ މަންފާއަށް ފޮރުވިގެން ކުރެވޭ ނާޖާއިޒު އެދުންތައް މިފަދަ މަޝްރޫޢުތައް ކުރިއަށް ނުދިއުމުގެ ބޮޑު ސަބަބަކަށް ވެފައިވާ ކަމަށް ބެލެވެއެވެ. މިފަދަ ހުރަސްތަކުގެ ސަބަބުން ގިނަ އިންވެސްޓަރުންނާއި މަޝްރޫޢުތައް ބައެއްފަހަރު ތާށިވެފައިވެއެވެ،" ފިރާގު ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހެނަސް، މި މަޝްރޫޢު ހާސިލުކުރުމަށް ފިޔަވަޅު އަޅައި މިކަން ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިން އެޗުޑީސީ ގެ މިހާރުގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރަންޖެހެއެވެ. އަދޮ އެމީހުންގެ މަސައްކަތަށް، ތަޢުރީފު ހައްގެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.