މި މައްސަލައިގައި އަތުލައިގެންފައި ވަނީ ކިލޯއަކަށްވުރެ ގިނަ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އެއީ އާންމު ނަމުންނަމަ ޕާޓީ ޑްރަގްސް އެވެ.

ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިދިޔަ ހަފްތާ އެތަކެތި އަތުލައިގެންފައި ވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން ކަމަށެވެ.
މި މައްސަލައިގައި އަތުލައިގެންފައި ވަނީ ކިލޯއަކަށްވުރެ ގިނަ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އެއީ އާންމު ނަމުންނަމަ ޕާޓީ ޑްރަގްސް އެވެ.
ރާއްޖޭގައި ޕާޓީ ޑްރަގްސް ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޭނުންކުރާ މިންވަރު އިތުރެވެ.