ޓީޗަރުން ލިބުން ދަތިވާ ސަބަބު ބެލި ދިރާސާ ޝާއިއު ކޮށްފި

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާނެ ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ބަލާ ދިރާސާ ކުރަން އުފެއްދެވި ރިސާޗް ގްރޫޕްގެ ރިޕޯޓު "އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް" ޝާއިއު ކޮށްފިއެވެ.

ރާއްޖޭގެ ސްކޫލެއްގައި ކިޔައިވދޭ ޓީޗަރުންތަކެއް: ޓީވަރުން ނުލިބޭ މައްސަލަ ބޮޑުވެފައި އޮވޭ -- މި

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާނެ ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ބަލާ ދިރާސާ ކުރަން އުފެއްދެވި ރިސާޗް ގްރޫޕްގެ ރިޕޯޓު "އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް" ޝާއިއު ކޮށްފިއެވެ.

މި ރިޕޯޓް، މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓްގައި ސާއިއުކޮށްފަ އެވެ.

ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބު ހޯދަން ދިރާސާއެއް ހަދަން ނިންމަވައި ރައީސް ސާލިހު އިޢުލާންކުރެއްވީ 2019 ވަނަ އަހަރު އެވެ. އަދި ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީގުރޫޕާއި ދިރާސާގެ މަސައްކަތް ހަވާލުކުރީ އޮކްޓޫބަރު 31، 2021 ގައެވެ.

މި ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެގަތުމެވެ. އަދި ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ.

މި ދިރާސާއިން، މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަކުޑަވުމާއި، މަސައްކަތް ބުރަވުމާއި، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާޙައުލުގެ ވަޞީލަތްތައް ނެތުންފަދަ ކަންތައްތައް ފާހަގަވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.