ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުމާލެ މަންހަޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

ފަސް ތަރީގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

މަންހަޓަލް ގްރޭންޑް ހޮޓެލް ހުޅުވަން ބޭއްވި ރަސްމިއްޔާތު -- ޕީއެސްއެމް ފޮޓޯ

ކުލަގަދަ ރަސްމިއްޔާތަކާއެކު، ހުޅުމާލެ މަންހަޓަލް ގްރޭންޑް ހޮޓެލް ހުޅުވައިފި އެވެ. 

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮޓާ ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ. މި ހަފުލާގައި މި ހޮޓާ ތަރައްގީކޮށްފައިވަނީ މެންހަޓަން ގްރޭންޑް ހޮޓެލް ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް ކުންފުންޏާއި ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ނެވެ. މިއީ 50 ޕަސެންޓް ދިވެހި ހިއްސާވާ ހޮޓަލެކެވެ. މި ހޮޓާ ތަރައްގީކޮށްފައިވަނީ ފަސް ތަރީގެ 158 ކޮޓަރީގެ ހޮޓެލެއްގެ ގޮތުގަ އެވެ.

މި ހޮޓަލަކީ ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އެސްޓީއޯގެ 2006 ވަނަ އަހަރު ނިންމައި، އެމެރިކާގެ ކާލްސަން ގްރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އޭގެ ފަހުން، އެތަން ވިއްކާލުމަށް އެސްޓީއޯ އިން ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މި ހޮޓަލުގެ މައްސަލަ ހައްލު ކުރަން މިދިޔަ 20 އަހަރު ތެރޭ ވަނީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް 2024 ވަނަ އަހަރު އެސްޓީއޯ މި ހޮޓަލަށް ބަދަލެއްގެ ގޮތުގައި އެޗްޑީސީ އިން ވަނީ 40،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ. މިއާއެކު ދެ ކުންފުނީގެ ދެމުގައި އެއްބަސްވެ ވަނީ މި މައްސަލަ ހައްލުކޮށްފަ އެވެ. އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމަށް ވަނީ އެއްބަސްވެ މައްސަލަ ހައްލުކޮށްފަ އެވެ.

މި ހޮޓާ ތަރައްގީކޮށް މެންހެޓަން ހޮޓަލެއް އަޅަން ސަރުކާރުން ވަނީ އޭގެފަހުން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ހުޅުމާލޭގައި ހުޅުވާ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ހަދާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.