ބީއެމްއެލް އާއި ޓައިނީ ހާޓްގެ ހާޓް ހެލްތީ ރާއްޖެ ޕްރޮޖެކްޓް ނިންމާލައިފި

ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށްޓަކައި 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ވީޑިއޯތައް ހިމެނެއެވެ.

މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ހާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލާލެވޭނެއެވެ. އަދި ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށްޓަކައި މި ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ގައުމީ މަސައްކަތުގައި ބައިވެރިވުމެވެ.

"ހާޓް ހެލްތީ ރާއްޖެ މަޝްރޫއުގެ އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން. ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަސީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވިއެވެ. 

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް ފަސް މަޝްރޫއެއް ހޮވައި، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އެއިން ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީ ފޯރުކޮށްދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.