ޅައިމަގަށް ނަގޫރޯޅިއެއް އަރައި މީހަކަށް އަނިޔާވެ ފަރުވާދެނީ

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި އަނިޔާވެފައިވަނީ ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި ބޯ ފަޅައިގެން ދިޔަ މީހެއް ކަމަށެވެ.

ށ. ޅައިމަގު.

ށ. ޅައިމަގަށް މިއަދު އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ހަތަރު ގެއަކަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެ އެވެ. 

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި އަނިޔާވެފައިވަނީ ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި ބޯ ފަޅައިގެން ދިޔަ މީހެއް ކަމަށެވެ.

ކުއްލި ގޮތަކަށް އެރި މި ނަގޫރޯޅީގެ ސަބަބުން ބައެއް ގޭގޭގެ ފުރާޅުތައް އެއްކޮށް އެއްލައިލާފައިވާއިރު، ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގުދަންތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ހާދިސާގައި ޒަހަމްވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ޅައިމަގު ކައުންސިލުން ބުނީ، މި ހާދިސާގެ ސަބަބުން ލިބުނު ޖުމްލަ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތާއި، ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.