ހުޅުމާލެ ހޮޓާ | ހުޅުވޭނެ ގޮތެއް ނެތި 20 އަހަރަށްފަހު ހުޅުވަނީ

މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ހަދާފައިވެ އެވެ.

އެސްޓީއޯއިން ޓޫރިޒަމް ސިނާއަތަށް ވަންނަން މީގެ 20 އަހަރު ކުރިން ތަރައްގީ ކުރި ހޮޓާ ނުހުޅުވި 20 އަހަރު ދުވަހު ބެހެއްޓުމަށްފަހު މިރޭ ރަސްމީކޮށް ހުޅުވާނެ އެވެ. 

މަންހަޓަލް ކުންފުނިން ހުރިހާ ހިދުމަތެއް ފުރިހަމަކޮށް އަލުން މަންހަޓަން ހޮޓާ ހުޅުވަން މިރޭ ހުޅުމާލޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމާފަ އެވެ. 

މި ހޮޓަލަކީ ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އެސްޓީއޯގެ 2006 ވަނަ އަހަރު ނިންމައި، އެމެރިކާގެ ކާލްސަން ގްރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އޭގެ ފަހުން، އެތަން ވިއްކާލުމަށް އެސްޓީއޯއިން ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މި ހޮޓަލުގެ މައްސަލަ ހައްލު ކުރަން މިދިޔަ 20 އަހަރު ތެރޭ ވަނީ ނާކާމިޔާބުވެފަ އެވެ. 

ނަމަވެސް 2024 ވަނަ އަހަރު އެސްޓީއޯ މި ހޮޓަލަށް ބަދަލެއްގެ ގޮތުގައި އެޗްޑީސީ އިން ވަނީ 40،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ. މިއާއެކު ދެ ކުންފުނީގެ ދެމުގައި އެއްބަސްވެ ވަނީ މި މައްސަލަ ހައްލުކޮށްފަ އެވެ. އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމަށް ވަނީ އެއްބަސްވެ މައްސަލަ ހައްލުކޮށްފަ އެވެ. 

މި ހޮޓާ ތަރައްގީކޮށް މެންހެޓަން ހޮޓަލެއް އަޅަން ސަރުކާރުން ވަނީ އޭގެފަހުން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ހުޅުމާލޭގައި ހުޅުވާ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ހަދާފައިވެ އެވެ. 

ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރިގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މެންހަޓަން ގްރޭންޑް ހޮޓެލް ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ނެވެ.

ހުޅުމާލެ ހޮޓާ - އެސްޓީއޯ އިން ޓޫރިޒަމަށް ނުކުނަން ބޭނުންވެ ހުޅުމާލޭގައި ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އެތަން ނަގާގައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 250 ކޮޓަރީގެ ހޮޓަރީގެ ބޮޑު ބައެއް ނިންމި އެވެ.. މި ހޮޓަލުގެ މަޝްރޫއު ފަށައިގެންފައިވަނީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ، 2011 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު ތައި އެގްޒިމް ބޭންކާއެކު ލޯނު އެގްރީމެންޓުގައި ސޮއިކުރި އެވެ. އަދި 2013 ގައި ކޮންޓްރެކްޓަރުން އައްޔަން ކޮށް މަސައްކަތް ބާރަށް ކުރިދިޔަ އެވެ. ނަމަވެސް އެ ހޮޓާ މިއަދާ ހަމައަށްވެސް ނިންމޭ ގޮތެއް ނުވި އެވެ. އެހެންވެ އެސްޓީއޯއިން ވަނީ އެ ހޮޓާ ދޫކޮށްލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.