ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިރޭ ބުނީ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮލަމާފުށީގެ ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ކޮލަމާފުށީގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިރޭ ބުނީ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮލަމާފުށީގެ ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ރައްޔިތުނާއި ރަށު ކައުންސިލް ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ކޮލަމާފުށީގައި ފެންބޮޑުވެފައިވާއިރު، މިވަގުތު ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ. އެ ދެ އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
އެ އެލާޓުގައި ބުނެފައި ވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.