ޝާހިދަށް ތުހުމަތުކުރާ މައްސަލައިގައި ހިމެނޭ ކުއްޖާގެ މައުލޫމާތު އާންމު ނުކުރަން އެދިއްޖެ

މިނިސްޓްރީން މިގޮތަށް ބަޔާނެއް ނެރެފައިވާއިރު، ޝާހިދުގެ މައްސަލައިގައި ހިމެނޭ ކުއްޖާގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

އިތުބާރުކުރެވޭ މަގާމެއްގައި ހުންނަވައިގެން ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް މައްސަލައިގައި ހިމެނޭ ކުއްޖާގެ މައުލޫމާތު އާންމު ނުކުރުމަށް ޖެންޑާ މިނިސްޓްރީން އަންގައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއާތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަން ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ. 

މިނިސްޓްރީން ބުނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި ހިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މައުލޫމާތު އާންމު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި، ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބެނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަން ފަދަ ޒާތީ މައުލޫމާތެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

"އެހެންކަމުން، ކުއްޖަކަށް ދިމާވާ އެއްވެސްކަމަކާއި ގުޅިގެން، އިސްވެ ބަޔާންކުރެވިފައިވާ ހަލާތްތަކުގައިވާ ކުއްޖެއްގެ މައުލޫމާތު އާންމުން ކަންކަމާއި މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަގުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން ޒާތީ މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން މިގޮތަށް ބަޔާނެއް ނެރެފައިވާއިރު، ޝާހިދުގެ މައްސަލައިގައި ހިމެނޭ ކުއްޖާގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ހައްޔަރުކޮށްފައިވާއިރު، 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.