ރިސޯޓެއްގައި އެއް ޖިންސުގެ ކައިވެނީގެ ހަފުލާއެއް ބޭއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އެފަދަ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަމްރީން ހަރަކާތެއް. --ފޮޓޯ: ފުލުހުން

ރާއްޖޭގެ ގާނޫނުތަކާއި އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ އެއް ޖިންސުން ކައިވެނިކޮށްދިނުގެ ރަމްޒީ ހަފުލާއެއް ބޭއްވި މައްސަލައެއް ފެންމަތިވެ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރާއެކު ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އެފަދަ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ. އެ ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ނުރުހުން ފާޅުކޮށް، އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން ކުށަކަށް ވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައިވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ އަދި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށް ފައެވެ. އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ އަމަލުތައް ހިންގައި ނުދިނުމަށް ފުލުހުން ވަނީ އަންގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.