ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީ ކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުން ވަނީ ފެށިފަ އެވެ.

ސަރުކާރުން ހިންގާ ބޯހިޔާަވަހިކަމުގެ ސްކީމުގެ ދަށުން ގައުމީ ބޭންކުން ފަށާފައިވާ، އެފޯޑަބަލް ހޯމް ލީސިން ފްލެޓުތަކުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއްގައި އަޅާ ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީ ކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ހިންގަމުންނެވެ.
ބީއެމްއެލް އެފޯޑަބަލް ކުންފުނިން ހިންގާ ނި މަޝްރޫއުގެ ދަށުން މާލޭ ސިޓީގައި މިވަގުތު 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ދެ އެވެ. މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމަން ދަނީ މަަސައްކަތް ކުރަމުންނެވެ.