ބަޖެޓު 2027 ދިރާސާކުރުން މި މަހުގެ 19 އަށް ނިންމުމަށް ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދުމަށް މަޖިލީހަށް ހާޒިރުކުރާނެ ވަކި ތާރީހަކާމެދު މަޝްވަރާކުރެވުނު ނަމަވެސް، އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މި އަހަރުގެ ބަޖެޓު ފޮތް މެންބަރަރު ބަލަނީ -- މަޖިލީސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްތައް، މި ހިނގާ ނޮވެމްބަރު މަހުގެ 19 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ. 

މި މަސައްކަތުގެ ތާވަލުގައިވާ ގޮތުން، ބަޖެޓާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. 

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 231 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދުމަށް މަޖިލީހަށް ހާޒިރުކުރާނެ ވަކި ތާރީހަކާމެދު މަޝްވަރާކުރެވުނު ނަމަވެސް، އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމާމެދު މެންބަރުންގެ މެދުގައި ހިޔާލު ބަދަލުކުރެވުނެވެ. އެގޮތުން، ލިޔުމުން ހިޔާލު ހުށަހަޅާ މުއައްސަސާތަކުގެ ތެރެއިން ހާޒިރުކުރާނެ ފަރާތްތައް ކަނޑައެޅުމުގެ އިހުތިޔާރު މަޖިލީހުގެ އިދާރީ މޭޒަށް ދިނުމަށް ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. 

ނަމަވެސް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ކޮމިޓީއަށް ހާޒިރުވެ، ހިޔާލު ފާޅުކުރުމުގެ ފުރުސަތު މުއައްސަސާތަކަށް އެއްކޮށް ބަންދުނުކުރުމަށް އެދިވަޑައިގެންފަ އެވެ. މެންބަރުންގެ ތާއީދާއެކު މި ނިންމުމަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މިކަމާ ގުޅިގެން ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ، ކޮމިޓީން އިސްކަންދޭނީ މުއައްސަސާތަކުން ފޮނުވާ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ކޮންމެހެން ބައްދަލުކުރަންޖެހޭ ފަރާތްތަކާ އެކަނި ބައްދަލުކުރުމަށް ކަމަށެވެ.

މިދިޔަ މަހުގެ 29 ގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ޖުމްލަ ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.


ބަޖެޓުގެ ހުލާސާ

  • ޖުމްލަ ހަރަދު: 52.6 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ (މުޅި ބަޖެޓުގެ ގާތްގަނޑަކަށް %71.5)
  • އާމްދަނީ އާއި ހިލޭ އެހީ: 43.2 ބިލިއަން ރުފިޔާ (މިއީ ހިނގާ އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.