ޝާހިދު ހައްޔަރު ކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

ޝާހިދު ހައްޔަރު ކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ.

ޝާހިދު ހައްޔަރު ކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހައްޔަރު ކުރުމަށްފަހު، ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ޝާހިދު ބަންދުކޮށްފައިވާއިރު، އޭނާގެ ގެ ހ. ރަބީއީމަންޒިލަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަދެ ރޭ ވަނީ ބަލައިފާސްކޮށްފަ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ޝާހިދު ހައްޔަރު ކުރި ރޭ، އޭނާ ދިރިއުޅޭ ގޭގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ވަގުތު، އޭނާ ވަނީ އެކްސްގައި ތުހުމަތުތައް ދޮގު ކުރައްވައި ޕޯސްޓެއް ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް. މިފަދަ ސާބިތު ނުހިފޭ ވާޙަކަ ނުފެތުރުމަށް އެންމެ ބޭފުޅުންގެ އަރިހުން އެދެން." ޝާހިދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.