މަހުދީގެ އަގުވަޒަން ކުރުން އޮތީ ރާއްޖެ އާއި އިޓަލީ އާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވި އިޓަލީގެ ޑައިވަރުންތަކެއް ސަލާމަތް ކުރުމުގެ ތެރޭގައި ނިޔާވި މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ހަނދާނުގައި އިޓަލީގެ ހިތްވަރު ގަދަކަމުގެ އެންމެ މަތީ ޝަރަފު އަރުވައިފި އެވެ.
މަހުދީގެ އަގުވަޒަން ކުރުން އޮތީ ރާއްޖެ އާއި އިޓަލީ އާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިޓަލީގެ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" މަހުދީގެ އާއިލާ އަށް ހަވާލު ކުރެއްވީ އިޓަލީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މަހުދީ އަށް ޝަރަފު އެރުވުމުގެ އިތުރުން އޭނާގެ އާއިލާ އަށް އެހީތެރިވުމަށް ފަންޑްރައިޒާ ހަރަކާތެއް ފަށަން ވެސް ވަނީ ނިންމައިފަ އެވެ.
މަހުދީ އަށް އިޓަލީގެ އެންމެ މަތީ ޝަރަފު އެރުވި އިރު އޭނާގެ މަރާ ގުޅޭ ތަހުގީގުތައް ރާއްޖޭގައި އަދިވެސް ކުރިޔަށް އެބަދެ އެވެ. އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ކަމާ ބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.