ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 1,87 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު މި އަދަދު 1,81 އަށް ދައްވެ، ތިން ޕަސެންޓުގެ ދަށްވުމެއް ވަނީ އައިސްފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް އެރި ނަމަވެސް، މިދިޔަ އަހަރަށްވުރެ 3.0 ޕަސެންޓް ދަށް ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 1,87 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު މި އަދަދު 1,81 އަށް ދައްވެ، ތިން ޕަސެންޓުގެ ދަށްވުމެއް ވަނީ އައިސްފަ އެވެ.
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ދަށްވިއިރު، މި މަހުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދުވެސް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މި މުއްދަތުގައި 20,384 ޓޫރިސްޓުން އައިސްފައިވާއިރު މި އަހަރު މި އަދަދު ވަނީ 17,693 ޓޫރިސްޓުންނަށް ދަށްވެ، 13.2 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ބަލާއިރު ޑެއިލީ އެރައިވަލްސް ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑެއިލީ އެރައިވަލްސް 6,097 ގައި ހުރިއިރު، މި އަހަރު ވަނީ 5,911 މީހުންނަށް ދަށްވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން 74.0 ޕަސެންޓް ޓޫރިސްޓުންގެ (1.3 މިލިއަން މީހުން) ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ދެވަނައަށް އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ 21.7 ޕަސެންޓެވެ. މީގެ އިތުރުން ސަފާރީތަކުގައި 1.9 ޕަސެންޓް މީހުން އަދި ހޮޓާތަކުގައި 2.2 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މިވަގުތު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ 1,281 ތަނެއް އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރޭގައި 180 ރިސޯޓާއި، 920 ގެސްޓްހައުސް އަދި 164 ސަފާރީގެ އިތުރުން 17 ހޮޓާ ހިމެނެއެވެ. މި ހުރިހާ ތަނެއް ހިމެނޭހެން ޖުމްލަ 68,054 އެނދު ރާއްޖޭގައި މިހާރު އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.
ރާއްޖެއަށް އައިސްފައިވާ މީހުންގެ 99.1 ޕަސެންޓް މީހުން އައިސްފައި ވަނީ ވައިގެ މަގުންނެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ކަނޑުމަގުން ރާއްޖެއަށް 17,061 މީހުން ޒިޔާރަތްކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި އަހަރުވެސް އެ އަދަދަށް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.