ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި

އެމްއޭސީއެލް އިން މިރޭ ބުނީ އެ ފަޅުން ހިއްކަން އޮތް 167 ހެކްޓަރުގެ ތެރެއިން 115 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. އެޔާއެކު އެ މަޝްރޫއުގެ 68.8 ޕަސެންޓް މަސައްކަތް ނިމިފައިވާކަން އެ ކުންފުނިން ފާގަހަކޮށްފައިވެ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްއޭސީއެލް

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކަން ޖެހެ އެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން އެ ފަޅު ހިއްކަން މިދިޔަ ޖެނުވަރީ މަހި އެވެ. 

އެމްއޭސީއެލް އިން މިރޭ ބުނީ އެ ފަޅުން ހިއްކަން އޮތް 167 ހެކްޓަރުގެ ތެރެއިން 115 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. އެޔާއެކު އެ މަޝްރޫއުގެ 68.8 ޕަސެންޓް މަސައްކަތް ނިމިފައިވާކަން އެ ކުންފުނިން ފާގަހަކޮށްފައިވެ އެވެ.

ބިން ހިއްކުމުގެ އެ މަޝްރޫއުގައި ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކުއީން އޮފް ނެދަލޭންޑުން މުހިންމު ދައުރެއް އަދާކުރަމުންދާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ގިރާވަރު ފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ތަނެކެވެ. ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމު" ގެ ދަށުން ގިރާވަރުފަޅުން ޖުމްލަ 5,433 ގޯތިދޭން ކުރިން ނިންމި އެވެ. ނަމަވެސް މިތަނުގެ ބައެއް ގޯތިތައް ވަނީ ގުޅީފަޅަށް ބަދަލުކޮށްފަ އެވެ.

މި ސަރުކާރުން ވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލާއެކު އެ ސިޓީއަކީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެޔާކުއެކު މިހާރު އެތަނުން ދޫކުރަން ނިންމާފައި ވަނީ ޖުމްލަ 4،072 ގޯއްޗެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.