ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން 9.7 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއް

ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް މަޝްރޫއު ހިންގުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު ވެފައި ވަނީ ތިން މިލިއަން ކުވައިތީ ދީނާރު ނުވަތަ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެކެވެ.

ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު --

ތ. ވޭމަންޑޫގައި ހުންނަ ހޮސްޕިޓަލް ތަރައްގީކުރުމަށް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް މަޝްރޫއު ހިންގުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު ވެފައި ވަނީ ތިން މިލިއަން ކުވައިތީ ދީނާރު ނުވަތަ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް ރަޝައިދު އަލްބަދަރް އެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވިދާޅުވެފައި ވަނީ މި އެއްބަސްވުމަކީ ހަމައެކަނި އިމާރާތެއް ބިނާކުރުމަށްވީ އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އިތުރުން، ގައުމުގެ މުސްތަގުބަލަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުވައިތު ފަންޑުގެ އެކްޓިން އެމްޑީ ވަނީ މިއީ އެ ފަންޑުގެ ދަށުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނުކަން ފާހަގަކުރައްވާފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އަހަރެއްގެ މައްޗަށް ދޭ ލޯނުގެ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން ވެސް ހާމަކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.