އެ ކުންފުނިން ބުނީ މި ގޮތަށް ބަދަލުކުރި ނަމަވެސް، ގޭހުގެ އަގުބޮޑު ނުވާނެ ކަމަށެވެ. އަދި ފައިސާ ނަގަމުންދާނީ ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށް ބަލައިގެން، މިހާރު ވެސް ކަނޑައަޅާފައިވާ ރޭޓުން ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
މޯލްޑިވް ގޭހުން ބުނީ، ވަގުތީ ގޮތުން ގެންނަ މި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ގެންނަ ބަދަލެއް ކަމަށެވެ.
އެ ކުންފުނިން ބުނީ މި ގޮތަށް ބަދަލުކުރި ނަމަވެސް، ގޭހުގެ އަގުބޮޑު ނުވާނެ ކަމަށެވެ. އަދި ފައިސާ ނަގަމުންދާނީ ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށް ބަލައިގެން، މިހާރު ވެސް ކަނޑައަޅާފައިވާ ރޭޓުން ކަމަށެވެ.
އޭގެ އިތުރުން، ރާއްޖޭގައި ގޭސް ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، މިމަޝްރޫއު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ.