މިނިސްޓަރު ސައީދުގެ އިތުބާރުނެތް ކަމަށް ފާހެއް ނުވި

އެމްޑީޕީގެ 13 މެންބަރެއްގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި މިއަދު ނެގި ވޯޓުގައި މިނިސްޓަރު ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުން. އަދި މިނިސްޓަރުގެ ދިފާއުގައި ސަރުކާރު ހިންގާ ޕީއެންސީގެ 54 މެންބަރަކު ވޯޓު ދެއްވި.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްނުވެ ބޭރުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަށް އެމްޑީޕީގެ 13 މެންބަރެއްގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި މިއަދު ނެގި ވޯޓުގައި މިނިސްޓަރު ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. އަދި މިނިސްޓަރުގެ ދިފާއުގައި ސަރުކާރު ހިންގާ ޕީއެންސީގެ 54 މެންބަރަކު ވޯޓު ދެއްވި އެވެ.

އިދިކޮޅު މެންބަރުން ހުށަހެޅި މައްސަލާގައި މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައި ވަނީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. 

މީގެ އިތުރުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް ފަސްޖެހިވަޑައިގަތުމާއި، ވަޒީރުން ކުރުން ގާނޫނުގައި މަނާކޮށްފައިވާ އަމަލުތަކެއް ހިންގެވި ކަމަށް ވެސް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ.

އިތުބާރުނެތް ކަމުގެ މައްސަލައިގައި އެމްޑީޕީން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމާނާތްތެރިކަން ގެއްލުމާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުން ހިމެނެ އެވެ.

އަދި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުމާއި އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ގައުމުގެ ސިޔާދަތަށް ނުރައްކާވުން ވެސް ސައީދާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ދުވެލި އަލުން ބައްޓަންކުރާނެ ކަމަށް ވިދާޅުވެ ސަރުކާރުން އިއުލާނުކުރި ބޮޑެތި މެގާ ޕްރޮޖެކްޓްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ މައްސަލަ ވެސް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ސައީދު ވަނީ އެ ހުރިހާ ތުހުމަތުތަކެއް އެއްކޮށް ދޮގުކުރައްވައި، ކަންކަން ހިނގާފައިވާ ގޮތުގެ ތަފުސީލުތައް މެންބަރުންނާ ހިއްސާކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.