ނޮވެމްބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި

މި ޝަރަފުގެ އައްޑަނަ ލިބިވަޑައިގަތީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނުކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ އައްޑަނަ ލިބިވަޑައިގަތް ބޭފުޅުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު --

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި އެވެ.

ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މި ޝަރަފުގެ އައްޑަނަ ލިބިވަޑައިގަތީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނުކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށެވެ.
އެއީ؛ 

  • 1.ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް
  • 2.ސްޓާފް ސާޖެންޓް (ރިޓަޔާޑް) ހުސައިން އަލީ
  • 3.ސާޖެންޓް (ރިޓަޔާޑް) ހުސައިން މަނިކު
  • 4.ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ ނަސީމް
  • 5.ލާންސް ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ މުފީދު

އެބޭފުޅުންނަށް ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު ތިނެއްގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ވަނީ ހުށަހަޅައިދެއްވައިފަ އެވެ. ރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރެދެއްވީ ވެސް ރައީސެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.