ސައީދުގެ ވަކިކުރަން އިދިކޮޅުން ހުށަހެޅި މައްސަލަ މާދަމާ އަށް ތާވަލު ކޮށްފި

ސައީދުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ އަގުލަބިއްޔަތުން އެގޮތަށް ވޯޓު ދީގެންނެވެ. މިވަގުތު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތީ ޕީއެންސީގެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު. --ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މާދަމާގެ ޖަލްސާ އަށް ތާވަލު ކޮށްފި އެވެ.

އެމްޑީޕީގެ 13 މެންބަރުން ސޮއި ކުރައްވައި ސައީދު ވަކި ކުރަން ހުށަހެޅީ މައިގަނޑު ހަ މައްސަލައަކާ ގުޅިގެންނެވެ. އެއީ؛ 

  •  ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާ އަށް އުފުލުން.
  •  ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން.
  •  ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުން.
  •  ޕްރައިވެޓް ސެކްޓާ ހިމާޔަތް ކުރުމުގައި ފެއިލްވުން.
  •  އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.
  •  އިގްތިސާދީ މަލަމަތި ބަދަލު ކޮށްލާނެ ކަމަށް ބުނެ ސައީދު ތަފާތު ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި ނަމަވެސް މަޝްރޫއުތައް ހުއްޓިފައިވުން.

މަޖިލީހުގެ އިދާރާ އިން އާންމު ކުރި މާދަމާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެންމެ ފުރަތަމަ އޮތީ ސައީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދިޔުމެވެ.

އާންމު ކޮމިޓީން ނިންމާފައި އެ މައްސަލާގައި ޖަވާބުދާރީވުމަށް ސައީދަށް އެއް ގަޑިއިރު ދިނުމަށާއި ބަހުސަށް ވެސް އެއް ގަޑިއިރު ކަނޑައެޅުމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ ފާސްވާނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. މިވަގުތު މަޖިލީހުގައި ސުޕަ މެޖޯރިޓީއަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.