ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރި ޝާހިދުގެ ބަންދަށް 30 ދުވަސް

ރޭ 9:59 ގައި ޝާހިދު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އެ އިމާރާތް ކައިރީ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ވަގުތު ޝާހިދު ވަނީ އެކްސްގައި އެކަން ދޮގު ކުރައްވައި ޕޯސްޓެއް ކުރައްވައިފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓުގައި އެދުމުން، 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

ރޭ 9:59 ގައި ޝާހިދު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އެ އިމާރާތް ކައިރީ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ވަގުތު، ޝާހިދު ވަނީ އެކްސްގައި އެކަން ދޮގު ކުރައްވައި ޕޯސްޓެއް ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް. މިފަދަ ސާބިތު ނުހިފޭ ވާޙަކަ ނުފެތުރުމަށް އެންމެ ބޭފުޅުންގެ އަރިހުން އެދެން." ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ޝާހިދު ހައްޔަރު ކޮށްފައި ވަނީ އޭނާ އެހެން ވިދާޅުވިތާ ބައި ގަޑިއިރު ފަހުންނެވެ. ހައްޔަރު ކޮށްގެން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.

ޝާހިދަކީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމާފައިވާ އެއް ބޭފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.